Media cover image

09-06-2026

ޕެންޝަން އޮފީހުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން 2026 ވަނަ އަހަރު ސްކޮލަރޝިޕް ލިބުނު ފަރާތް މިއަދު އިއުލާނުކޮށްފިއެވެ.

މިސްކޮލަރޝިޕް ލިބިފައިވަނީ ފައިނޭންޝަލް ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ކިޔެވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ މުހައްމަދު ޒިޔާން ޝަރީފަށެވެ.

ޕެންޝަން އޮފީހުގެ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ހިންގޭ ފުލީ ފަންޑެޑް ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.

ސްކޮލަރޝިޕް ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް:
https://pension.gov.mv/en/scholarshipprogram